މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

           މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 2024 ވަނަ އަހަރު ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

22 ނޮވެންބަރު 2023
ހޯދާ