މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހޯލެއް ކުއްޔަށް ހިފުމަށް.

29 މާރިޗު 2015 ން 31 މާރިޗު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންފުލުއެންޒާ ސަވައިލަންސް ވާރކްޝޮޕް " ބޭއްވުމަށް ހޯލެއް ކުއްޔަށް ހިފުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/43)ފ(24 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މަދުވެގެން 3 ފަރާތުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، 29 މާރިޗު 2015 ން 31 މާރިޗު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންފުލުއެންޒާ ސަވައިލަންސް ވާރކްޝޮޕް" ބޭއްވުމަށް ހޯލެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.            

19 ޖުމާދަލްއޫލާ 1436       

10 މާރިޗު 2015
ހޯދާ