ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫ ކައުންސިލްގެ 1 ވަނަ ފުޓުބޯޅަ މުބާރާތަށް ގާޑިޔާ/ކެންޓީން ހިންގުމުގެ ފުރުޞަތު

މިކައުންސިލްގެ 1 ވަނަ ފުޓްބޯޅަ މުބާރާތް ޑިސެމްބަރ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މުބާރާތް ބާއްވާ މުއްދަތުގައި އިސްދޫ ފުޓު ބޯޅަ ދަނޑު ޞަރަހައްދުގައި 3 ފަރާތަކަށް ގާޑިޔާ/ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތުގެ މެދުގައި ގުރުއަތުލައިގެން  3 ފަރާތެއް ހޮވައިގެންނެވެ. އަދި މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/200 ރުފިޔާއެވެ. ގާޑިޔާ /ކެންޓީން ބެހެއްޓުމުގެ ހުއްދަދެވޭ 3 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށް ދާމުއްދަތުގައި ލ.އިސްދޫ ފުޓު ބޯޅަ ސަރަހައްދުގައި ގާޑިޔާ /ކެންޓީން ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ނޮވެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ސިޓީ އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ/ ކެންޓީން  ދޫކުރުމާއި ބެހޭ އުސޫލް އާއްމު ކުރީމެވެ.މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 ނޮވެންބަރު 2023
ހޯދާ