އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަކިކުރެވިފައިވާ ގޯތިތައް

އިޢުލާން

އައްޑޫސިޓީގެ ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުން މެދެއާރި މަގުން ދެކުނަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަޙައްދާއި، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރޭވިފައިވާ މަޝްރޫޢުތަކާ ގުޅިގެން ވަކިކުރެވުނު ގޯތިތަކުގެ މައްސަލައަކީ ގޯތިތަކުގެ ބަދަލު ހަމަޖައްސައި ނުދެވި ގިނަދުވަސްވެފައިވާ މައްސަލައެކެވެ. މި މައްސަލަ ޙައްލުކުރުމުގެ ގޮތުން ކައުންސިލްގެ ދެވަނަ ދައުރުގެ 34ވަނަ ޖަލްސާއިން ނިންމަވާފައިވަނީ، ހިތަދޫ އަވަށުގެ މާމެންދޫ ސަރަހައްދުން މެދެއާރި މަގުން ދެކުނަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަޙައްދުން އައްޑޫސިޓީ އިން ބޭރު ރަށްރަށުގެ މީހުންނަށް ދޫކުރެވިފައިވާ ގޯތިތަކާއި، ގޯތި ދޫކުރެވުނުއިރު އުމުރު ހަމަނުވާ ކުދިންނަށް ދޫކުރެވިފައިވާ ގޯތިތަކާއި، ނިޔާވެފައިވާ ފަރާތްތަކުގެ ނަމުގައި މަސައްކަތެއްނުކޮށް ހުރި ގޯތިތަކުގެ ތެރެއިން މި އިޢުލާނާއެކުގައި މިވާ ލިސްޓުގައިވާ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތައް ވަކިކުރުމަށެވެ. ވީމާ، ކައުންސިލުން ނިންމަވާފައިވާ ގޮތުގެ މަތީން މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ