މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް އެކްސްކަވޭޓަރެއް ގަންނަން ބޭނުންވެއްޖެ

މި އިދާރާއަށް Kobelco SK-200-6 ނުވަތަ މި މޮޑެލްއާ އެއްފެންވަރެއްގެ އެކްސްކަވޭޓަރެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ މި އިދާރާއަށް މި މޮޑެލްގެ ނުވަތަ މި މޮޑެލްއާ އެއް ފެންވަރެއްގެ އެކްސްކަވޭޓަރެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 13 ނޮވެންބަރު 2023 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 އަށް ބީލަމަށް ރަޖިސްޓްރީވުމަށްފަހު 23 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށްޓަކައި -/300 (އެއްސަތޭކަ ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭނެއެވެ. ބީލަމަށް ރަޖިސްޓްރީ ވާން އެދޭ ފޯމާއި މި މަސައްކަތާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މަސައްކަތަށް އެސްޓިމޭޓް ހުށަހެޅޭނީ މަޢޫލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ނޮވެންބަރު 2023
ހޯދާ