މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރުރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް.

މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރުރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިކޯޓުން 14 ފެބުރުވަރީ 2015 ގައި ކުރި އިޢުލާން ނަންބަރު K5C/2015/05 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ