މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކައުންސެލަރުންގެ ދަފްތަރެއް ހެދުމާ ބެހޭ

ކައުންސެލަރުންގެ ދަފްތަރެއް ހެދުމާ ބެހޭ

ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި އެހީތެރިވެދީ ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ވާގިވެރިވުމުގެ ގޮތުން ދެވޭ ކައުންސިލިންގެ ޚިދުމަތުގެ މުހިންމުކަން ވަނީ ފާހަގަ ކުރެވިފައިއެވެ. އެގޮތުން މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި "ކައުންސެލަރުންގެ ދަފްތަރެއް" އެކުލަވައިލުމަށް ވަނީ ގަސްތުކުރެވިފައިއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރެއިން "ވޭޖް ބޭސިސް" އަށް ކައުންސެލަރުން ނަގައިގެންނެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، މިކަމުގައި ތަމްރީނާއި ތަޖުރިބާހުރި ފަރާތްތަކުން ދަފްތަރުގައި ނަންނޯޓް ކުރެއްވުމަށް 22 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޔޫތު ކައުންސިލިންގް ސާރވިސްގެ ނަންބަރު 3313755އާ ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ