މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

މިނިސްޓްރީ އޮފް ފިނޭންސް އިން ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި، އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް މިނިސްޓްރީގައި ކުރިއަށް ގެންދިއުމަށްޓަކައި އާއި  މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން މީޑިއާތަކާއި، މީސް މީޑިއާ އަދި ވެބްސައިޓުގައި ޝާއިޢު ކުރަންޖެހޭ މަޢުލޫމާތުތައް ޝާއިޢު ކުރުމަށާއި މިނިސްޓްރީގެ ތެރޭގައި ކުރަންޖެހޭ މީޑިއާގެ އެންމެހައި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.

 ކޮންސަލްޓަންޓުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި:

  • އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ޑެވެލޮޕްމަންޓް މެނުއަލް ތައްޔާރު ކުރުން
  • ރެގިއުލޭޓަރީ އިދާރާތަކުން އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ ބައިތައް (ތަކާފުލް، އިސްލާމިކް ބޭންކިންގް އަދި އިސްލާމިކް ކެޕިޓަލް މާރކެޓް) ފުޅާކުރުމަށްޓަކައި މި މިނިސްޓްރީގެ ދައުރު އަދި ކުރެވިދާނެ ކަންތައްތައް ތަފްޞީލުކޮށް ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުން
  • ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އިންސެންޓިވްސް ދެވިދާނެ ދާއިރާތައް ކަނޑައަޅައި އިންސެންޓިވް ތައް ދިނުމުން ލިބޭނެ ފައިދާތައް ބަޔާންކޮށް އެކަމާ ބެހޭ މަސައްކަތް ކުރުން
  • ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމުގައި ދިމާވާ އަދި މުސްތަޤްބަލުގައި ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ މަސައްކަތް ކުރުން
  • ދިވެހިރާއްޖޭގެ ބަޖެޓް ސަޕޯޓް ފައިނޭންސިންގ އަށް ބޭނުންވާ އިސްލާމިކް ޕްރޮޑަކްޓްތަކުގެ ސްޓަރަކްޗަރ ތައްޔާރުކޮށް އެ މަސައްކަތް ކުރުން
  • ދިވެހިރާއްޖޭގައި ޤާނޫނުތަކާ ޤަވާޢިދުތަކަށް ފެތޭ ގޮތަށް ދައުލަތަށް ފައިސާ ހޯދޭނެ އައު އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓުތަކެއްގެ އޮނިގަނޑު ތައްޔާރުކުރުން
  • އިސްލާމިކް ފައިނޭންސްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ލީގަލް މަސައްކަތް ކުރުން
  • އިސްލާމިކް ފައިނޭންސްގެ މަސައްކަތްތަކާ ގުޅިގެން މީޑިއާ އަށް ދޭންޖެހޭ މަޢުލޫމާތު ދީ، މީޑިއާ ގުޅުން ހުރި އެންމެހާ މަސައްކަތް ކުރުން

 

ކޮންސަލްޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

 

  • މިނިސްޓްރީ އޮފް ފިނޭންސްގައި ފުލް-ޓައިމް މަސައްކަތް ކުރެވޭ ވަކި ފަރުދެއްކަމުގައިވުން
  • އިސްލާމިކް ފައިނޭންސް، ޝަރީޢާ އެންޑް ލޯ އާ ގުޅޭ ދާއިރާ އިން މާސްޓަރސް ޑިގްރީ  ނުވަތަ އިސްލާމިކް ފައިނޭންސްއާ ބެހޭ އެސައިމަންޓްސް، ޕްރޮޖެކްޓްސްގައި އުޅެ ތަޖުރިބާ ލިބިފައިވުން
  • މީޑިއާގެ މަސައްކަތްތަކާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާ ލިބިފައިވުން

 

 މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި މަހަކު -/38،000 (ތިރީސް އަށްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރ 2023އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރ 2023ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

   ހިއުމަން ރިސޯސް ސެކްޝަން

   މިނިސްޓްރީ އޮފް ފިނޭންސް

   އަމީނީމަގު،

   މާލެ،  ދިވެހިރާއްޖެ

   ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected],  

 

20 ނޮވެމްބަރ 2023

20 ނޮވެންބަރު 2023
ހޯދާ