މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޔޫޕީއެސް ގެ ޕީސީބީ އެއް ހޯދުމަށް

ނެޝެނަލް ހެލްތު ލެބޯޓްރީގެ ގޭސް ކްރޮމެޓޮގްރެފިކް ޔުނިޓާ ގުޅާފައިވާ ޔޫޕީއެސް (SMART 3000VA) ގެ ޕީސީބީ އެއް ހޯދުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/50)ފ(26 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މަދުވެގެން 3 ފަރާތުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ނެޝަނަލް ހެލްތު ލެބޯޓްރީގެ ގޭސް ކްރޮމެޓޮގްރެފިކް ޔުނިޓާ ގުޅާފައިވާ ޔޫޕީއެސް (SMART 3000VA) ގެ ޕީސީބީ އެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 މާރިޗު 2015 ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 22 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436       

10 މާރިޗު 2015
ހޯދާ