ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުން

ނަންބަރު: P5C-A/2023/18

އިޢުލާން 

 އަގު ކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުން

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީއަށް މެމްބަރުން ހޯދަން ބޭނުން ވެއެވެ.

މަޤާމް:

އަގުކޮމިޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތް ކުރެވިދާނެކަން އަންގައިދޭފަދަ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ލިޔަންކިޔަން ދަތުމާއެކު، ޝަރުޢީ އަގުކުރުމުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އަގުކޮމެޓީގެ މެންބަރުކަމަށް އެދޭކަމުގެ ސިޓީ
  2. ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 30 ނޮވެމްބަރ 2023  ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެސް ތިރީގައި އެ ވަނީއެވެ.

[email protected]

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6820042  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

06 1445  ޖުމާދަލްޢޫލާ

 

20 ނޮވެންބަރު 2023
ހޯދާ