މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

އިޢުލާން

  

ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

 

ރ.ވާދޫ އިން ދިރިއުޅުމަށް 2000 އަކަފޫޓުގެ  59 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

 

ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.

 

ރ. ވާދޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް

  1. ދިވެހި ރައްޔިތަކަށް ވުން،
  2. ޢުމުރުން 18 އަހަރު ފުރި ފައިވާ މީހަކަށްވުން،
  3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި ނެތުން،

3.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން ނުވަތަ ލިބިފައިނެތުން،

3.2 ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާނަމަ ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. ބިން ދޫކޮށްލާނެގޮތް  މިއުސޫލުގައި ބަޔާންކޮށްފައިވާނެ،

3.3 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައިއޮވެ، އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން،

3.4 ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްބަސްވެ ދޫކޮށްލުމަށް އިޤްރާރުވުން

4. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ރޯހައުސްއެއް/ ހައުސިންގ ޔުނިޓެއް،  ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވަތަ ރަޖިސްޓަރީ ވެފައިނެތުން،

5. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ރޯހައުސްއެއް/ ހައުސިންގ ޔުނިޓެއް،  ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އަމިއްލަ ނަމުގައި އޮވެ، އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން،

 

މިޢިއުލާނާއިއެކު ރ. ވާދޫއިން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޗާޓު ހިމެނިފައިވާނެއެވެ.

ވީމާ، މިސަރަހައްދުން ގޯއްޗަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 31 ގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ރ. ވާދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާފޯމާއި، ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިއުޞޫލާއި، ރ. ވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުޙަހަޅާ ފޯމް ވާދޫ ކައުންސިލްގެ އިދާރާއިންނާއި ވާދޫކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

19 ނޮވެންބަރު 2023
ހޯދާ