ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯ ސ. ފޭދޫ ފިހާރާގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

#

ތާރީޚު

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

22 ނޮވެމްބަރ 2023

އެސްޓީއޯ ސ. ފޭދޫ ފިހާރަ

10:00

އަގު ހުށަހެޅުން

23 ނޮވެމްބަރ 2023

އެސްޓީއޯ ސ. ފޭދޫ ފިހާރަ

10:00

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

19 ނޮވެންބަރު 2023
ހޯދާ