ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ސްޓޭޓް ހައުސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ގދ. ފިޔޯރީ ސްޓޭޓް ހައުސް ދީފައިވާ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި މި އިދާރާގެ ނަންބަރ: (IUL)422/422/2023/63 އިއުލާނަށް އެކަށީގެނވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިއުލާން ކުރަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00  ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ.  މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ  5 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު  6 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  7 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

 

19 ނޮވެމްބަރ 2023

19 ނޮވެންބަރު 2023
ހޯދާ