ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ބަނދަރުގެ ހުޅަނގު އުތުރު ކަނާދިމާއިން ބޭރު ތޮށްޓަށް އެރުމަށް ހަދާފައިވާ ބްރިޖްގައި ކުލަލުމުގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 23 ނޮވެންބަރު 2023 12:08 ގައި ބާތިލް ކުރެވިފައެވެ.


މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ދ.ހުޅުދެލީ ބަނދަރުގެ ހުޅަނގު އުތުރު ކަނާދިމާއިން ބޭރު ތޮށްޓަށް އެރުމަށް ހަދާފައިވާ ބްރިޖްގައި ކުލަލުމުގެ މަސައްކަތް ކޮއްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2023
ހޯދާ