ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަމުގައި ވިއްކާލުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

-          ކޮމްޕްލީޓް ޑްރިންކިން ވޯޓަރ ފިލިންގ ޕްރޮޑަކްޝަން ލައިން

-          އިންޖެކްޝަން މޯލްޑިންގ މެޝިން ފޯ ޕްރީފޯމްސް ވިތް 4 މޯލްޑްސް

-          5 ލީޓަރު މޯލްޑިންގ މެޝިން (5 ލީޓަރ 50% ޑްރިންކިންގ ފިލިންގ ޕްރޮޑަކްޝަން ލައިން)

ނީލަން ފެށޭ އަގު:

2,051,654.65ރ (ދެ މިލިއަން ފަންސާސް އެއްހާސް ހަ ސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ފަސް ލާރި) 

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

220,000.00ރ (ދެ ލައްކަ ވިހި ހާސް ރުފިޔާ) 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2023 ނޮވެންބަރު 20 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2023 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް / މާލެ

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338235 / 7325332 އަށެވެ.

 

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމަތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

                                02 ޖުމާދަލްއޫލާ  1445  

                                16 ނޮވެންބަރު    2023

 

16 ނޮވެންބަރު 2023
ހޯދާ