މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ޓްރެފިކް ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު 17 ނޮވެމްބަރ 2023 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ އެރަސްމިއްޔާތުގެ ޓްރެފިކް  ސެކިއުރިޓީ ކަންތައްތައް އަމާންކަމާއި އޮމާންކަމާއި އެކު ގެންދިއުމަށް މާލޭގެ މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ސީ 1 ކެޓަގަރީގެ 350 ކިލޯގްރާމްގެ ކުދި ޕިކަޕް ފިޔަވައި ތިރީގައިވާ ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން، އެދުވަހުގެ މެންދުރުފަހު 14:00 އިން 18:00އަށް، މަނާވާނެ ކަމުގައި ދަންނަވަމެވެ.

  1.       "ސީ2" އަދ "ސީ0" ކެޓަގަރީތަކުގެ އުޅަނދުތައް
  2.       "ޑީ" ކެޓަގަރީތަކުގެ އުޅަނދުތައް
  3.       "އީ" ކެޓަގަރީތަކުގެ އުޅަނދުތައް
  4.       "ވީ" ކެޓަގަރީތަކުގެ އުޅަނދުތައް

އެހެންނަމަވެސް، މަތީގައި ދެންނެވުނު ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވުން މަނާވެފައިވުމުން އިސްތިސްނާ ކުރެވިފައިވާކަމުގައިވެސް ދަންނަވަމެވެ.

އެއްވެސް ފަރާތަކުން މި އެންގުމާ ޚިލާފަށް ޢަމަލުކުރާނަމަ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގައި އިޢުލާނުކުރީމެވެ.

16 ނޮވެންބަރު 2023
ހޯދާ