މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން މިރަށު ކައުންސިލްއަށް ދީފައިވާ 3 ސްކޮލިޝިޕްއާއި ގުޅޭ!

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން "ޤައުމަށްޓަކާ" ސީ.އެސް.އާރ ކެމްޕެއިންގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށް 3 ސްކޮލާރޝިޕްއެއް ދިނުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން އަނގޮޅިތީމު ކައުންސިލަށްވެސް ވަނީ މި ފުރުޞަތު ލިބިފައެވެ. އެހެންކަމުން، މިރަށުން މި ސްކޮލާރޝިޕްގެ ދަށުން ކިޔަވަން ބޭނުންވާ ފަރާތްތަކުން 2023 ނޮވެންބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ފޯމާއެކު ހުށައަޅަން ޖެހޭ ޑޮކިއުމަންޓްސްތަކާއެކު މި ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި މި އިޢުލާނާއެކު އެޕްލިކޭޝަން ފޯމް އަދި ހުޅުވާލެވިފައިވާ ކޯސްތަކުގެ މަޢުލޫމާތު އެޓޭޗްކުރެވިފައިވާނެއެވެ.

                ވީމާ، މި ސްކޮލާރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން އިވެލުއޭޓްކުރުމަށްފަހު އެންމެ ރަނގަޅު 3 ކެންޑިޑޭޓެއްގެ ނަން މިއާންޒް އިންޓާރނޭޝަނަލް ކޮލެޖަށް ހުށައެޅޭނެއެވެ.

16 ނޮވެންބަރު 2023
ހޯދާ