މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ ހިންމަފުށީ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަޝްރޫޢުއާއި ގުޅޭ

           މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ދަށުން ހުޅުވާލެވުނު ފުރުސަތުގައި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް އެދި ފޯމް ހުށަހަޅާފައިވާ ގެތަކަށް ފެނުގެ ކަނެކްޝަންގުޅައި ނިމިފައިވާތީ، 16 ނޮވެމްބަރ 2023 ން ފެށިގެން  03 މަސް ދުވަހަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޓްރަޔަލް ޕީރިއަޑްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، 20 ނޮވެމްބަރ 2023 ން ފެށިގެން ފެނުގެ ޚިދުމަތަށްއެދޭ ފޯމް ފުރުމަށްފަހު ހިންމަފުށީ ސްޓެލްކޯ އިންޖީންގެއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފެނުގެ ޚިދުމަތް ލިބޭނީ "ފެނުގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް" އިންޖީންގެއަށް ލިބުމުންނެވެ. ފެނުގެ ޚިދުމަތަށް އެދޭ ފޯމް ސްޓެލްކޯ އިންޖީންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފެނުގެ ޚިދުމަތަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2023 ން 30 ނޮވެމްބަރ 2023ގެ ނިޔަލަށެވެ. މިމުއްދަތުގައި ފޯމް ހުށަނާޅާ ގެތަކަށް ފެނުގެ ޚިދުމަތް ލިބެނީ ރަސްމީކޮށް ފެނުގެ ޚިދުމަތް ފެށުމުން އަލުން ފޯމް ހުށަހެޅުމުންނެވެ. އަދި ދަންނަވަމެވެ. އަދި މި މުއްދަތު ތެރޭގައި ފެނުގެ ޚިދުމަތް ދެވޭނީ ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ގެ އަކަށް 1 މީޓަރަށްށެވެ. ޓްރަޔަލް ޕީރިއަޑްގައި އައު ފެނުގެ ކަނެކްޝަން އެއްވެސް ގެޔަކަށް ގުޅައިނުދެވޭނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފެނުގެ ޚިދުމަތުގެ ޓްރަޔަލް ޕީރިއަޑްގެ ތެރޭގައި ތިރީގައިވާ ކަންކަމަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

  • ފެނުގެ ޚިދުމަތުގެ ޓްރަޔަލް ރަން ކުރިއަށްދާނީ 16 ނޮވެމްބަރ 2023  އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށެވެ.
  • މި ޓަރަޔަލް ރަންގެ މަޤްސަދަކީ، މިރަށުގައި ޤާއިމްކުރެވިފައިވާ ފެނުގެ ކަނެކްޝަންތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމާއި، އަދި ފެނުގެ ހޮޅިލައިން ސާފްކުރުމަށާއި، މިމަސައްކަތުގައި މަސްއޫލުވެ އުޅޭނެ މުވައްޒަފުންނަށް މި ނިޒާމްގެ ކަންކަން ދަސްކުރުމަށާއި، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތައް ބެލުމެވެ.
  •  ޓްރަޔަލް ރަންގެ މިމުއްދަތުގެ ތެރޭގައި ދިމާވާ މައްސަލަތައް ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޙަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ ޙައްލުކޮށްދޭނެއެވެ.
  • މިޓްރަޔަލް ޕީރިއަޑްގައި އާރް އޯ ޕްލާންޓްގެ ފެން ބުއިމަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއްނޫނެވެ.
  • 16 ނޮވެމްބަރ 2023ން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓްރަޔަލް ޕީރިއަޑްގައި ގޭގެއިން ބޭނުންކުރާ ފެނަށް އެއްވެސް ޗާޖެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ކޮންމެ މަހެއްގައިވެސް ފެނުގެ ރީޑިންގ ނެގޭނެއެވެ. މި މުއްދަތުގައި ކޮންމެ ގެއަކުންވެސް އެންމެ ގިނައިން ބޭނުންކުރެވޭނީ 5،400 (ފަސްހާސް ހަތަރުސަތޭކަ) ލީޓަރ ފެނެވެ. އަދި މި މުއްދަތުގައި މަހަކު 5،400 ލީޓަރ އަށްވުރެ ގިނައިން ފެން ބޭނުންކުރާ ގެތަކުގެ ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
  • ފެނުގެ ޚިދުމަތް ފެށުމުން، ފެން އިސްރާފް ނުކުރުމަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދޭންވާނެއެވެ. އަދި މިމުއްދަތުގައި ދަނޑުވެރިކަންކުރުން، ސައިކަލު ދޮވުން ފަދަ ކަންކަމުގައި މިފެން ބޭނުންކޮށްގެން ނުވާނެއެވެ.
  • ފެނުގެ ޚިދުމަތުގެ ޓްރަޔަލް ރަން ފެށުމުން، މި ޚިދުމަތާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.  
16 ނޮވެންބަރު 2023
ހޯދާ