މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން

އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ސްޓޭޝަން

ބޭނުންވާ އަދަދު

މަސައްކަތް ކުރަންޖެހޭ ތަން

ޏ. ފުވައްމުލައް ފަޔަރ ސްޓޭޝަން

4

ޏ. ފުވައްމުލައް

ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަން

3

ދ. ކުޑަހުވަދޫ

މަޤާމު:

އޮގްޒިލަރީ ފަޔަރމަން

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

 

  • ޖީ.ސީ.އީ އޯ ލެވެލް ފެންވަރު ހުރުން.
  • އިސްކޮޅުން 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  •  މިވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 

އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ހާދިސާތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރައި އުޅެން ޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަން ޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލައި ގެންގުޅުމުގެ އިތުރުން ތަކެތި ނައްތައިލަންޖެހުންވެސް ހިމެނެއެވެ.

ވީމާ، މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ  އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601 އެކްސްޓެންޝަން 4281 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 މާރިޗު 2015
ހޯދާ