އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ އއ.ފެރިދޫ ޓީމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ޝަޢުޤުވެރިކަން ހުރި ކްލަބް ޖަމުޢިއްޔާތަކުން، އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުން:

ނަންބަރު:A/IUL/344/2023/105

 

އިޢުލާން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވާ އއ.ފެރިދޫ ޓީމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ޝަޢުޤުވެރިކަން ހުރި ކްލަބް ޖަމުޢިއްޔާތަކުން،  އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުން:

            ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި "އއ.ފެރިދޫ" ގެ ނަމުގައި ވަނީ މިކައުންސިލުން ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި އއ.ފެރިދޫ ތަމްސީލުކުރާ ފުޓްސަލްޓީމުގެ އެންމެހައި ކަންކަން (ޓީމު އެކުލަވާލުމާއި، މުބާރާތަށް ޓީމު ތައްޔާރުކުރުމާއި، މުބާރާތުގެ މެޗްތައް ކުޅުމާއި އަދިވެސް ޓީމުގެ އެނިހެން ކަންކަން) ޙަވާލުވެގެން ކުރުމަށް ޝަޢުޤުވެރިވެލައްވާ، އއ.ފެރިދޫގައި ޙަރަކާތްތެރިވާ، ކުލަބް ޖަމްޢިއްޔާ ތަކުން އެކަމަށް އެދި ހުށައަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާ ފަރާތަކާއި، މިޓީމުގެ އެންމެހައި ކަންކަން ޙަވާލުކޮށްގެން (އެއްބަސްވުމެއްގެ ދަށުން) ކުރުމަށް މިކައުންސިލްގެ 04 ވަނަ ދައުރުގެ 114 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި މިގޮތުގެމަތިން މިޓީމުގެ އެންމެހައި ކަންކަން ކުރުމަށް އެއްބަސްވެވޭ ކްލަބް ޖަމުޢިއްޔާއަށް 50000.00 (ފަންސާސް ހާސް ރުފިޔާ) ޓީމުގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ކްލަބް ޖަމުޢިއްޔާތަކުން (އއ. ފެރިދޫގައި ޙަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާ ތަކުން) 2023 ނޮވެމްބަރ 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މިކައުންސިލްގެ އިދާރާއަށް  ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. އަދި މިޕްރޮޕޯސަލް ހުށައެޅުމަށް ޝައުޤުވެރިކަން ހުރި ކްލަބް ޖަމުޢިއްޔާތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2023 ނޮވެމްބަރ 20 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި މިކައުންސިލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ތައްޔާރު ކުރުމާއި ގުޅޭ މަޢުލޫމާތު އެޓޭޗްމަންޓް ގައި ގެޒެޓް ކުރެވިފައި ވާނެއެވެ.

15 ނޮވެންބަރު 2023
ހޯދާ