ދިވެހިރާއްޖެ
ފެލިދޫ ކައުންސިލް އިދާރާގެ މީޓިންގރޫމް އަދި ފާހާނާގެބައެއް މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ނަންބަރު: (IUL)359-ESMS/PRIV/2023/16 އިޢުލާނާއިގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެންބަރު 2023 ވަނަ ދުވަހުގެ 13:30 ގެކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި
"ފެލިދޫ ކައުންސިލް އިދާރާގެ މީޓިންގރޫމް އަދި ފާހާނާގެ މަރާމާތުތައް ކުރުން" މިހެން ލިޔެ އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
21 ނޮވެމްބަރ 2023 |
އަންގާރަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ބިޑް ހުށަހެޅުން |
23 ނޮވެމްބަރ 2023 |
ބުރާސްފަތި |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ތަޖުރިބާ: ނިންމާފައިވާ އެންމެބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާގެ ލިޔުމަށް ލިބޭނީ
ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. ތަޖުރިބާއަށް މާކްސް ދެވޭނީ ބިލްޑިން ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅުއްވާފައިވާ ލިޔުންތަކަށެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.