މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މަސައްކަތު (ވަގުތީ)

މުސާރަ:  -/3,100 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ގެޓްސެޓް އޮފީސް / މާލެ

ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ދުވަހުން ދުވަހަށް ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ފޮޅައި ސާފުކުރުން.
  • ފާޚާނާ ތަކާއި އޮފީސް ތެރެ ސާފުކުރުން.
  • ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.
  • ނޯޓް:
  • މި މަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒިފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒިފާއަށް އެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 މާރިޗު 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.mhrys.gov.mv

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347461 އަށް

21 ޖުމާދުލްއޫލާ 1436

12 މާރިޗު 2015
ހޯދާ