މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިންކުއްޔަށް ދޫކުރުން

މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް ކުޅީގެ ހުޅަގުފަރާތުން ކޯރުގެ އުތުރުން (ކުރީގެ ކެޑޭޓްކޯ ބިމުގެ ތެރޭގައި) 750  އަކަފޫޓްގެ 02 ބިން ކުއްޔަށްދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ.

 

 01 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތަކަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/100ރުފިޔާ އެވެ.

                     ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

14 ނޮވެންބަރު 2023
ހޯދާ