މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
30 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތަށް 30 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436       

10 މާރިޗު 2015
ހޯދާ