މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫ.އެން އިން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހު، ފަލަސްތީނުގެ ކުޑަކުދިންގެ ހައްގުގައި ޔޫ.އެން އާއިދެކޮޅަށް އަޑުއުފުލުމާއި، ފަންޑްރައިޒިން ހަރަކާތާއި ގުޅޭ!

     ޔޫ.އެން އިން ކަނޑައަޅާފައިވާ ބައިނަލްއަޤްވަމީ ކުޑަކުދިންގެ ދުވަހަކީ 20 ނޮވެމްބަރ ކަމުގައި ވީނަމަވެސް ޔޫ.އެން އަދި ހުޅަނގުގެ ނުފޫޒުގަދަ ބާރުތަކުގެ އެހީގައި އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މަޢުޞޫމް ކުޑަކުދިންގެ ޖީލް ނައްތާލުމަށް ކުރިޔަށްގެންދާ ޤަތުލުޢާންމަށް، ޔޫ.އެން އަދި ޖީ7ގެ ގައުމުތަކާއި ދެކޮޅަށް އަޑުއުފުލާ "ފަލަސްޠީނާއިއެކު އިނގުރައިދޫ" މިނަމުގައި ބާއްވާ ޚާއްޞަ ހަރަކާތެއް މިދުވަހު ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިޙަރަކާތާއިއެކު ފަލަސްޠީނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރައިޒް ކުރުމަށް އެދުވަހަށް ޚާއްސަކޮށްގެން ވިއްކާ ޓީޝާޓްތަކަށް ޕްރީ އޯޑާރ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ޓީޝާޓް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 16 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރުއްވެވުން އެދެމެވެ. އަދި ފޯމް ފުރުމަށް އުނދަގޫވާ ބޭފުޅުން ކައުންސިލްގެ ނަންބަރު 6580028 / 7960026 އަށް ގުޅުއްވައިގެންނާއި އަދި  މިއިދާރާއަށް ދުރުވުމުން ފޯމް ފުރައިދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

     ގޫގުލްފޯމް ލިންކް: https://forms.gle/Wm519QCQ31xxjvcj9

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ނޮވެންބަރު 2023
ހޯދާ