މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާވަޑިންނާ ގުޅޭ

ގަވާއިދު ނަންބަރު 2017/R-2 (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި މި މިނިސްޓްރީން އެކުލަވާލާފައިވާ މާވަޑިން ތަމްރީނު ކުރުމުގެ ކޯހުގެ ސިލަބަހާއި ބޯޓު ބިލްޑިންގ އަދި ބޯޓު ރިޕެއަރ އިންސްޕެކްޓަރސް ކޯހުގެ ސިލަބަސް އަދި ނޭވަލް އާކިޓެކް ރިފްރެޝަރ ކޯސްގެ ސިލަބަސް މިމިނިސްޓްރީގެ ވެބްސައިޓްގައި މިއަދުން ފެށިގެން ޝާއިއުކޮށްފީމެވެ. އަދި މި ކޯސްތައް ހިންގުމަށް ބޭނުންވާ އިންސްޓިޓުތަކުން މި ކޯހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރެއްވުމަށްފަހު ހުއްދަ ހޯއްދެވުމަށް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. ގަވާއިދު ނަންބަރު 2017/R-2 (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި އަލަށް މާވަޑިންގެ ގޮތުގައި މިމިނިސްޓްރީން 12 ފެބްރުވަރީ 2024 ގެ ފަހުން މާވަޑިން ރަޖިސްޓަރީ ކޮށްދެވޭނީ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިހާރު މާވަޑިންގެ ގޮތުގައި މިމިނިސްޓްރީގެ ދަފުތަރުގައި ތަމްރީނެއް ފުރިހަމަކުރުމާ ނުލައި ތިއްބެވި މާވަޑިން 12 ނޮވެމްބަރު 2024 ގެ ކުރިން މާވަޑިކަމުގެ ކޯސް ފުރިހަމަ ކުރުމަށްވެސް ދެންނެވީމެވެ. ހަމައެހެންމެ 12 ނޮވެމްބަރު 2024 ގެ ފަހުން އެއްވެސް އުޅަނދެއް ދިވެހިރާއްޖޭގައި ބަންނަން ވާނީ މިމިނިސްޓްރީގައި ރަޖިސްޓަރީވެ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މާވަޑިއެއްގެ ބެލުމުގެ ދަށުން ކަމުގައި ދެންނެވީމެވެ. އަދި 18 މީޓަރުން ދިގު އުޅަނދު ފަހަރު 12 މެއި 2024 ގެ ފަހުން ބަންނަން ފަށަންވާނީ މިނިސްޓްރީން ހުއްދަ ދީފައިވާ ނޭވަލް އާކިޓެކްޓަކު ލައިވައި އުޅަނދު ފަރުމާކޮށް، މިނިސްޓްރީއަށް ކުރެހުންތަކާއި އިތުރު ތަފްސީލު އެފަރާތަކުން ހުށަހަޅައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައި ކަމަށްވެސް އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

13 ނޮވެންބަރު 2023
ހޯދާ