މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިއިމްތިޙާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 އެގްޒަމިނަރުން:

ބޭނުންވާ ޢަދަދު: 02

 އެގްޒަމިނަރުންގެ ޝަރުތު:

1- ހެވީ ވެހިކަލް ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އޮތުން.

2- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

3- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

4- ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.

5-  ވެލިދޫ ކައުންސިލުގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

6- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

 

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ  A0, A1 ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާ.
  • އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/50 ރުފިޔާ.

 

  • އެގްޒަމިނަރުން ހޮވުމުގައި ކެޓަގަރީގެ ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  •  ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
  •  ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ

 ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 23 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުކަމަށް އެދި ހުށަހަޅާ ފޯމް ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

13 ނޮވެންބަރު 2023
ހޯދާ