މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 އިންޖީނު ހޯދުމާބެހޭ

ރ. އަތޮޅު ކައުންސިލް އިދާރާގެ އަކުރިސްލޯންޗަށް 2 އިންޖީނު ހޯދުމާބެހޭ

މިއިދާރާގެ އަކުރިސްލޯންޗްގެ އިންޖީނު ބަދަލުކުރުމަށްޓަކައި 250 ހޯސްޕަވަރުގެ 4 ސްޓްރޯކް 2 އިންޖީނު ހޯދަން ބޭނުންވެއެވެ.

ވީމާ، އިންޖީނުގެ އަގުގެ ½ ދެއްކުމަށްފަހު ބާކީ ދައްކަންޖެހޭބައި 6 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގައި ދައްކާގޮތަށް 250 ހޯސްޕަވަގެ 4 ސްޓްރޯކް 2 އިންޖީނު ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިއިދާރާ އަގު ހުށަހެޅުއްވުން އެދެމެވެ.

އަދި އިންޖީނު ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އިންޖީނަށް ވޮރެންޓީ ދެވޭނެ މުއްދަތަކާއި އެޑްވާންސްޕޭމަންޓަށްފަހު ގުރޭސްޕީރިއަޑެއް ދެއްވާނަމަ އެކަމުގެ މަޢުލޫމާތާއި، ބާކީ 2 އިންޖީނަށް މަހަކު ދައްކަންޖެހޭނެ ފައިސާގެ ތަފުސީލުޝީޓެއް އަގު ހުށައަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ. އަދި ވިއްކުމަށް ބޭނުންފުޅުވާ އިންޖީނާބެހޭ ފުރިހަމަ މަޢުލޫމާތު ތަފުސީލެއް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ