ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮޖްކްޓް ޕްރޮމިސް)

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މާލެ، ދިވެހިރާއްޖެ

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: RDO-PROMISE/2023-10

ތާރީޚް:  13 ނޮވެންބަރ 2023

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

3 ޑިސެންމްބަރ 2023 އިން 30 ޖޫން 2024

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ

މަހަކު 8,151.00  ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ސާރވިސް އެލަވަންސް: 3,064.00 ރުފިޔާ

ފީލްޑް އެލަވަންސް: 4,785.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2.  އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 6 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް މަގާމެއްގައި މަސައްކަތްކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

 

  • ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރޮޖެކްޓް އާ ގުޅުންހުރި ހުރިހާ ރިސަރޗް ހަރަކާތްތައްކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
  2. ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  3. ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެޗެޓްގެ ޝަރުތުތަކާ އަދި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުމަށްޓަކާ އާ ޕްރޮސެސްތަކާ ޓޫލްތަކާ ގުޅޭ މަޢުލޫމަތު ދިނުމަށް ހެލްޕް ޑެސްކެއްގޮތުގައި މަސައްކަތްކުރުން.
  4. ޕްރޮޖެކްޓުގެ ފަންޑް ބެލެންސްތަކާއި ހަރަކާތްތައް ނިންމަންޖެހޭ ތާރީޙްތައް ރިވިއުކުރުން.
  5. ހަރަދުތައް ހިނގަމުންދަނީ އީ.ޔޫގެ ޕޮލިސީތަކާ އެއްގޮތަށްތޯ ބަލާ ވެލިޑޭޓްކުރުން.
  6. ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތް އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރެވޭނެ ގޮތް ފެސިލިޓޭޓްކޮށްދިނުން.
  7. ފަންޑުގެ އިތުރަށް ހިނގާފައިވާ ހަރަދުތަކާ ގުޅޭ ކަންކަން ހައްލުކުރުމުގައި އެހީތެރިވެ، ފައިނެންޝަލް ރިޕޯޓުތަކާއި ރިސަރޗް ހަރަކާތްތަކާ ގުޅުންހުރި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  8. ރިސަރޗް ހަރަކާތްތައް ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓީންގ ޑެޑްލައިންތަކުގެ ރިމައިންޑަރ ދިނުން.
  9. ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
  10. ގްރާންޓްސް ނުވަތަ ރިސަރޗް ފަންޑަށް އެކަޝީގެންނުވާގޮތެއްގައި   ޗާޖްކޮށްފައިވާ ހަރަދުތައް ރަނގަޅުކުރުމުގައި އެހީތެރިކަންދިނުން.
  11. ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 20 ނޮވެންބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
13 ނޮވެންބަރު 2023
ހޯދާ