އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްލެޓް އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު ހުސްކުރުމާއިގުޅޭ:

މި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފްލެޓެއް އެޅުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓް ހިމެނޭ ބްލޮގުގައި އޮތް ހުސްބިން މި ކައުންސިލުންވަނީ ހަމަޖައްސާ އެ މަސައްކަތުގެ ކޮންޓެކްޓަރާއި ބިން ޙަވާލުކޮށްފައެވެ. އަދި އެ މަސައްކަތުގެ ކޮންޓެކްޓަރު ވަނީ އެ ސަރަޙައްދުގައި ޢަމަލީ މަސައްކަތް ފެށުމަށް ސަރަޙައްދު ވަކިކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ވީމާ، ރަސްދޫ މެޖިސްޓްރޭޓް ކޯޓް ހިމެނޭ ބްލޮކް (ޣާޒީމަގެގެ އިންވެގެން ދެކުނަށް، ކޯޕަރޭޝަން މަގުގެ އިންވެގެން ހުޅަނގަށް، ބޮޑުމަގުގެ އިންވެގެން އުތުރަށް އޮތް ހުސްބިން) ގައި އެކިއެކި ފަރާތްތަކުން ބަހައްޓާފައިވާތަކެތި  ނެގުމަށް މި ކައުންސިލްގެ ނަންބަރު: (IUL)340/340/2022/08 (09 މާރިޗު 2022) އިޢުލާނުން ދަންނަވާފައިވީނަމަ ވެސް އަދިވެސް ބައެއް ފަރާތްތަކުން އެ ސަރަޙައްދުގައި ތަކެތި ބަހައްޓާފައިވާތީ އެ ތަކެތި 2023 ނޮވެންބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން މި ސަރަޙައްދުގައި ހުރި ތަކެތި މި ކައުންސިލްގެ ފަރާތުން ނެގުމުގެ މަސައްކަތްކުރާނެކަމުގައި ދަންނަވަމެވެ. މިގޮތަށް މި ކައުންސިލްގެ ފަރާތުން ނެގުމުގެ ތެރޭ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުނަގާނެވާހަކަ ވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

12 ނޮވެންބަރު 2023
ހޯދާ