މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާޅޮހު އައުޓްޑޯ ޖިމް ތަރައްޤީކުރުން - ދެވަނަ އިޢުލާން

ބ. މާޅޮހު އައުޓްޑޯ ޖިމް ތަރައްޤީކުރުން - ދެވަނަ އިޢުލާން

ބ. މާޅޮހު އައުޓްޑޯ ޖިމްގެ ތަކެތި ހަރުމުކުރުމަށް އަޅާ ކޮންކްރީޓް ބުޑު އަދި ސިމެންތި ތަޅުމާއި ވަށާފާރުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް  އަދި ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 2023 ނޮވެމްބަރ 14ވާ އަންގާރަދުވަހުގެ 11:00ގައި، ބ. މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖިސްޓްރީ ވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2023ނޮވެމްބަރ 14 ވާ އަންގާރަދުވަހުގެ  13:00 ގެ ކުރިން، ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.

ފޯން ނަންބަރ: 4006020         އީމެއިލް: [email protected]

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2023ނޮވެމްބަރ 21 ވާ އަންގާރަދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ އިންފޮމޭޝަން މެއިލް އަށް ([email protected])  އަންދާސީ ހިސާބު މެއިލް ކުރައްވައި ([email protected]) އަށް ސީ.ސީ ކުރެއްވުން އެދެމެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގުޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ، ފޯން:
ބ.މާޅޮސް، ދިވެހިރާއްޖެ

ފޯން ނަންބަރ: 4006020   އީމެއިލް: [email protected]

12 ނޮވެންބަރު 2023
ހޯދާ