ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބުގެ ފުރާޅުގެ ޝީޓުން ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޝީޓުގެ މަތީގައި ކޮންކްރީޓް ޝީޓެއް އަޅައި އަދި އެއާ ގުޅޭ ބައެއް އެހެނިހެން މަސައްކަތް ކުރާނެ ފަރާތެއް ހޯދުން (ތިންވަނަ އިޢުލާން)

              މަސްޖިދުލް އައްވާބުގެ ފުރާޅުގެ ޝީޓުން ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޝީޓުގެ މަތީގައި ކޮންކްރީޓް ޝީޓެއް އަޅައި އަދި އެއާގުޅޭ ބައެއް އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މި އިދާރާއިން ކުރި އިޢުލާނު ނަންބަރު (IUL)247-CA/247/2023/129 (31 އޮކްޓޯބަރ 2023 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ މިންވަރަށްވުރެއް އަގު ބޮޑު ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

              ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ޙަރަކާތް

ތާރީޚް

ސުންގަޑި

ތަން

1

މަޢުލޫމާތު  ދިނުމުގެ ސެޝަން

15 ނޮވެމްބަރ 2023 (ބުދަ)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

2

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

20 ނޮވެމްބަރ 2023 (ހޯމަ)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ނޮވެންބަރު 2023
ހޯދާ