ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސެލަރ

މަޤާމު:

ޑެޕިއުޓީ ވައިސް ޗާންސެލަރ،

އެކެޑެމިކް އެފެއާރޒް

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

ޑެޕިއުޓީ ވައިސް ޗާންސެލަރ،

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

ޑެޕިއުޓީ ވައިސް ޗާންސެލަރ،

ރިސަރޗް އެންޑް އިނޮވޭޝަން

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 16 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތްތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓަރޝަރީ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްޓޫޑެންޓް އެފެއާޒް، ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން، އިނޮވޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން.

އެޑިޔުކޭޝަން މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން

އެޑިޔުކޭޝަން މެނޭޖުމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލިޑަރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ޓީޗިންގ، ކިޔަވައިދޭ މާއްދާއަކުން ހާސިލްކޮށްފައިވާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން.

ރިސަރޗް، ރިސަރޗް ސްޓަޑީސް، ރިސަރޗް މެތަޑްސް، އެނަލިޓިކްސް، އެޑިޔުކޭޝަނަލް ރިސަރޗް، ރިސަރޗް މެތޮޑޮލޮޖީއާއެކު މޭޖަރވާގޮތަށް ހަދާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކްރިޓިކަލް ތިންކިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޑިވެލޮޕްމެންޓް ސްޓަޑީސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް އެޑްމިނިސްޓްރޭޝާން، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، އިކޮނޮމިކްސް.

ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގް، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޗަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ކޮމާރސް، ބިޒްނަސް، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ސްޓަޑީސް، ލިންގުއިސްޓިކްސް، ޤިރާޢަތު، އުސޫލުލް ދީން، އިސްލާމިކް ޖުރިސްޕްރުޑަންސް ފިލޯސަފީ.  

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމު ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ އިދާރާއެއްގައި މަތީ ފަންތީގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް

މުސާރަ

އަސާސީ މުސާރަ

-/26,387 ރުފިޔާ

ޖޮބް އެލަވަންސް:

-/15,112 ރުފިޔާ

އެޓެންޑެންސް އެލަވަންސް:

-/409 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ "ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމުގެ މަސްއޫލިއްޔަތުތައް" ހިމެނޭ ކަރުދާހުގައި ބަޔާން ކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)

ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

- ފަރިތަކަމާއެކު އަރަބި އަދި އިނގިރޭސި ބަހުން މުޚާތަބުކުރެވޭ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.

(ތަޢުލީމާއި، ތަމްރީން އަދި ތަޖުރިބާއަށް މާކުސް ދޭނެ ގޮތުގެ ތަފްޞީލުތައް، ޑެޕިއުޓީ ވައިސް ޗާންސަލަރުން ޢައްޔަން ކުރުމާ ގުޅޭ އުޞޫލުގައި ބަޔާންކުރެވިފައިވާނެއެވެ. އުޞޫލު މި އިޢުލާނާއެކު، އެޓޭޗުކުރެވިފައިވާނެއެވެ.)

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ،
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

30 ނޮވެންބަރު 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

12 ނޮވެންބަރު 2023
ހޯދާ