މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ހިންގުމާއި ގުޅޭ

ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށްގެން ކެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހުޅުވާލަމެވެ. މިޕްރޮގްރާމުގައި އެކިބާވަތްތަކުގެ ކެއްކުންތަކާއި ޑިޒާރޓްތައް ތައްޔާރުކުރުމަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ކަނބަލުންނަށެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 20 ނޮވެންބަރު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ސެޝަނެއް، ރަޖިސްޓްރީވާ ފަރާތްތަކާއެކު ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ލިންކު: https://forms.office.com/r/5BAyXUnL32

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.   

09  ނޮވެންބަރު  2023

25 ރަބީޢުލްއާޙިރު 1445

09 ނޮވެންބަރު 2023
ހޯދާ