ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ހިންގާ ފ. އަތޮޅު ސްޓޯރަށް ސަރވިސް އޮފިސަރ މަޤާމަށް މީހަކު ހޯދުން

މަޤާމް :ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އާވާނިރު / ފ. އަތޮޅު ސްޓޯރު

މުސާރަ:

މަހަކު 3,500.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

މަހަކު 2,145/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  2. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  3. ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ އެލަވަންސް ފައިސާ އަދި ރިސްކް އެލަވަންސް ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ސްޓޯރަށް ވިއްކުމަށް ގެންނަމުދާ ހަމަޖައްސާފައިވާ ޤަޥާޢިދާ އެއްގޮތްވާގޮތުގެމަތީން ވިއްކުމާބެހޭ މަސައްކަތްކުރުމާއި، މުދާ ބެލެހެއްޓުމާއި، ކްރެޑިޓަށް ދޫކުރާ މުދަލުގެ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ޤަޥާޢިދާ އެއްގޮތްވާގޮތުގެމަތީން ކުރުން.
  2. އަތޮޅު ސްޓޯރުގައި ވިއްކުމަށް ގެނެވޭމުދާ ޤަޥާޢިދުން ކަސްޓަމަރުންނަށް ފެންނާނެހެން ހަރުގަޑުތަކުގައި އެތުރުމުގެ މަސައްކަތްކުރުމާއި، ހަރުގަޑުތަކުގައި ހުންނަމުދާ ދުވަހުންދުވަހަށް ތަރުތީބުކުރަމުން ގެންދިއުން އަދި ހަރުގަޑުތަކުން ހުސްވާމުދާ އަލުން ހަރުގަޑުތަކުގައި ޖެހުމުގެ މަސައްކަތްކުރުން.
  3. އަތޮޅު ސްޓޯރުން ވިޔަފާރިކުރުމަށް އަންނަފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ކަސްޓަމަރުންނާއި ހިތްހެޔޮކަމާއެކު މުޢާމަލާތްކުރުން.
  4. އަތޮޅު ސްޓޯރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތަކާއި ކޯޓޭޝަންފަދަ ތަކެތި އަތޮޅު ސްޓޯރުގެ ވިޔަފާރި ހިންގުމަށް އިސްކޮށްހުންނަ ފަރާތަކުން އަންގަވާގޮތެއްގެމަތީންކުރުން.
  5. އަތޮޅު ސްޓޯރަށް ގެނެވޭ ހުރިހާ މުދަލެއް އަތޮޅު ސްޓޯރުގައި ޤާއިމްކުރެވިފައިވާ ޕޮއިންޓް އޮފް ސޭލް ސިސްޓަމަށް އެންޓަރކޮށް މުދަލުގައި އަގު ޖެހުމުގެ މަސައްކަތް އަދި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  6. ސްޓޯރުގެމުދަލަށް (ގުދަންގުދަނާ އިސްޓޯރުތެރޭގައި ހުރި) ވަމުންދާގޮތްބަލައި ހަލާކުވެދިއުމަށް އެއްވެސްމުދަލެއް ދޫކޮށްނުލައި މުދާ ރަގަޅަށް ބެލެހެއްޓުން. އަދި ހުސްވާމުދާ ފާހަގަކުރުމާއި އިތުރަށް ގެންނަން ބޭނުންވާމުދާ ފާހަގަކޮށް ލިސްޓުކުރަމުން ގެންދިއުން. އަދި މުދަލުގެ މުއްދަތު ހަމަވޭތޯ ދޭތެރެދޭތެރެއިން ބަލައިޗެކުކޮށް މުއްދަތު ހަމަވާމުދަލާއި ހަލާކުވާމުދާ ލިސްޓްކޮށް ސްޓޯރގައި ވިޔަފާރި ހިންގުމަށް އިސްކޮށް ހުންނަ ފަރާތަކާއި ޙަވާލުކުރުން.
  7. ސްޓޯރަށް ގެންނަ ކޮންމެ މުދަލެއްވެސް ފިހާރައިގައި ބަހައްޓަންވާނީ މުދާވިއްކާ އަގުޖަހައިފައެވެ. އަދި މުދާ ގެންދާމީހާ ރަގަޅަށްބަލައި ޗެކުކޮށްފައި މުދާ ގެންދިއުމަށް ބާރުއަޅަންވާނެއެވެ. ގަނެގެންގެންދާ މުދަލެއް ބަދަލުކުރުމަށް އަނބުރާ ގެނެސްފިނަމަ ، އެމުދަލަކަށް ވެފައިވާގޮތް ރަގަޅަށްބެލުމަށްފަހު ކަމުގެ ޒާތާއިވަގުތާއި ޙާލަތަށްބަލާފައި އެކަށީގެންވާ ގޮތެއްގައި އެމުދާ ބަދަލުކުރެވެން އޮތްނަމަ، ސްޓޯރގެ ވިޔަފާރި ކުރުމަށް އިސްކޮށް ހުންނަފަރާތުގެ މަޝްވަރާގެމަތީން ބަދަލުކޮށްދިނުމަކީ އެންމެރަގަޅުކަމެކެވެ.
  8. މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހުނު ،ކުރެވޭ ކޮންމެކަމެއްވެސް ކުރަންވާނެއެވެ.

މަޤާމުގެ ޝަރުޠުތައް:

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

2-      ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެތްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ ދެވަނަ ޝަރުތުން މަޤާމަށް ޝަރުތު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ލޭންގުއޭޖް' އިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ، އެ ސަނަދުން ޖީ.އެސް 3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުތު ހަމަވާކަމުގައި ބަލަންވާނެއެވެ.

މަސައްކަތު ދާއިރާ:

  • އެޑްމިނިސްޓްރޭޓިވް
  • މެނޭޖްމަންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ފ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އިމްތިހާން 25%
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  4. ލިބިފައިވާ ތަޖުރިބާ 5%
  5. އިންޓަރވިއު 35%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ނޮވެންބަރު 19 ވާ އާދީއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު / ޕްރެޒެންޓޭޝަން އޮންނާނީ، 2023 ނޮވެންބަރު 21 އާއި 2023 ނޮވެންބަރު 23 އާ ދެމެދު ، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.   

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740017 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 ނޮވެންބަރު 2023
ހޯދާ