މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރްކިއުމެންޓް ކޮންސަލްޓެންސީ

 

މިމިނިސްޓްރީގެ ތިރީގައި ދަންނަވާ ކޮންސަލްޓެންސީ މަގާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. 

ޕްރޮކިއުމެންޓް ކޮންސަލްޓެންސީ

މި މަޤާމްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގައެވެ. މިކޮންސަލްޓެންސީ އަށް އެދި ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ކޮންސަލްޓެންސީ އަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު
  •  މަސައްކަތާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި ކޮންސެލްޓެންސީ އަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،12 ނޮވެމްބަރ 2023 ގެ 10:00 ގެ ކުރިން، މަސައްކަތަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ "ކޮންސަލްޓެންސީ ވަޒީފާއަށް އެދި" މިހެން ލިޔެވިފައި އޮންނަން ވާނެއެވެ.

މިކޮންސެލްޓެންސީއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަޅާނީ:     

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ވެލާނާގެ 7 ވަނަ ފަންގިފިލާ

 މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3322625                               

އީމެއިލް:  [email protected]

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

09.11.2023

09 ނޮވެންބަރު 2023
ހޯދާ