ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ނޮވެންބަރު 2023 16:45 ގައި ބާތިލް ކުރެވިފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމެޓީގެ ތިރީގައި މިދަންނަވާ މަގާމުތައްވަނީ ހުސްވެފައެވެ. އެހެންކަމުން މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެސް-އޯ މޯލްޑިވްސްގެ މެންބަރުންނަށް ހުޅުވާލެވިފައިވާވާހަކަ ދަންނަވަމެވެ.
1. ޓެކްނިކަލް/ ސްޕޯޓްސް ޑައިރެކްޓަރ
2. އާއްމު މެންބަރު
ވީމާ، އެސް-އޯ މޯލްޑިސްގެ މެންބަރުންގެތެރެއިން މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތައް މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަގާމުތަކަށްއެދި ކުރިމަތިލުމަށްޓަކައި މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލުކުރެއްވުންއެދެމެވެ.
އަދި ދަންނަވަމެވެ، މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެފަހު ވަގުތަކީ 2023 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ކަމުގައިވެސް ދަންނަވަމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްސްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.
09 ނޮވެންބަރު 2023