މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ. ދިއްދޫގައި ތަރައްޤީ ކުރާ ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ވޯކްޝޮޕްތަކަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

މި މިނިސްޓްރީން 2023 އޮކްޓޯބަރ 30 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/208 އިއުލާންގެ ދަށުން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އިއުލާން ބާތިލްކޮށް، ހއ. ދިއްދޫގައި ތަރައްޤީ ކުރާ ހއ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ވޯކްޝޮޕްތަކަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން2023  ނޮވެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިޢާޔަތްކޮށް މިނިސްޓްރީގެ [email protected] އީ-މެއިލް އެޑްރެހަށް ކޮންޓްރެކްޓަރގެ ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) އަދި މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައިވާ އީ-މެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކުން،  2023 ނޮވެމްބަރ 19 ވާ އާދީއްޔަ ދުވަހުގެ 11:00  އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން/ އުމަރު ޒާހިރު ބިލްޑިންގ، 05 ވަނަ ފަންގިފިލާ، އޯކިޑުމާހިނގުން، ހުޅުމާލެ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

09 ނޮވެންބަރު 2023
ހޯދާ