ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިންޖީނުގޭގެ ދެކުނުން ސޯލާޖެހުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރީން ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 16ނޮވެމްބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. މިސަރަހައްދުގައިވާ ރުއްގަހުގެ ވެރީން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީމިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް އަންގާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.

                            ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

09 ނޮވެންބަރު 2023
ހޯދާ