ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިކަމަށް އެކަށޭނަ މާހައުލެއް ޤާއިމްކޮށްދިނުމާއި، މަސައްކަތްތެރިކަން ކުރިއަރުވާ ތަރައްޤީކުރުން.

ދަޢުވަތުގެ ނަން : ވަޑާމާއި ވޯކުޝޮޕް މަސައްކަތްތައްފަދަ މަސައްކަތްތައް ކުރުމަށް، ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ބިން ކަނޑައަޅާފައިވާ ސަރަޙައްދުން 5 (ފަހެއް) އަހަރުގެ މުއްދަތަށް، 1500 (ފަނަރަ ސަތޭކަ) އަކަ ފޫޓުގެ 3 (ތިނެއް) ބިން ކުއްޔަށް ދޫކުރުން.

 1. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ، " މަސައްކަތްތެރިކަމަށް އެކަށޭނަ މާހައުލެއް ޤާއިމްކޮށްދިނުމާއި، މަސައްކަތްތެރިކަން ކުރިއަރުވާ ތަރައްޤީކުރުން" ގެ ދަށުން، ފުލިދޫގައި ރަޖިސްޓްރީކޮށްގެންކުރިއަށް ގެންދާ "ވަޑާމުގެ މަސައްކަތާއި ވޯކުޝޮޕް ހިންގުމުގެ މަސައްކަތްތައް  ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ބިން ކަނޑައަޅާފައިވާ ސަރަޙައްދުން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް، 1500 (ފަނަރަ ސަތޭކަ) އަކަ ފޫޓުގެ 3 (ތިނެއް) ބިން ދޫކުރުމަށް" ކަނޑައަޅާފައިވާތީ  ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 2. ސްކޯޕް

   ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބިމަށެވެ. އަދި މިބިންތަކަށް ކުރިމަތި ލާ މީހުންގެތެރެއިން ފުލިދޫގައި ރަޖިސްޓްރީކޮށްގެން ފުލިދޫގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 3. ޝަރުޠު ހަމަވާފަރާތްތައް

   ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، އެ ޤާނޫނޫތަކާއި އެއްގޮތަށް ފެލިދެ އަތޮޅު ފުލިދޫގައި، "ދައުވަތު) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަސައްކަތްތައް ކުރުމަށް  ރަޖިސްޓަރީކޮށް ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް، ބިމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 4. ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ވުމުން "ބީލަން ފޮތް"  އެ ފަރާތަކަށް ހަވާލުކުރެވޭނެއެވެ. ރަޖިސްޓަރީވުމަށް ފޯމު ފޮނުވާނީ ތިރީގައިވާ އެޑްރެހަށެވެ. ފޯމު އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާންވާނި ކުންފުނީގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.

 

   ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ/ގްރައުންޑް ފްލޯރ

   ސަމާލުކަމަށް: ޢަބްދުﷲ ޖަލީލް/ ސީނިއަރ ފައިނޭންސް އޮފިސަރ

   މަގު: ސޯސަންމަގު

   އަތޮޅާއި ރަށް: ވ.ފުލިދޫ

   ޒިޕް ކޯޑް:10010

   ޤައުމު: ދިވެހިރާއްޖެ

   ފޯނު ނަމްބަރު:9606700603+

   އީމެއިލް: [email protected]

 5. ބީލަން ހުށަހެޅުމުގެ ސުންގަޑި:

   ތާރީޚު: 26 ނޮވެންބަރު 2023

   ގަޑި: މެންދުރުކުރީ 11:00

   ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

 6. ޕްރީ-ބިޑް ބައްދަލުވުން

   މި ބީލަމުގެ ދަޢުވަތާއި ގުޅިގެން ޕްރީ- ބިޑް ބައްދަލުވުމެއް 4. ގައި ބަޔާންކޮށްފައިވާ އެޑްރެހުގައި، ތިރީގައިވާ ތާރީޚުގައި އަދި ގަޑީގައި ބޭއްވޭނެއެވެ.

   ތާރީޚް: 15 ނޮވެމްބަރ 2023

   ގަޑި: މެންދުރު ކުރި 11:00

   މި ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ގަޑީގެ ކުރީން 4. ގައި ބަޔާންކޮށްފައިވާ ފޯމު ކައުންސިލަށް ހުށަހަޅާ ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 7. ބީލަމެއް ބަލައިގަތުމާއި، ބާޠިލުކުރުމާއި، އަދި ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން(ކޮންޓްރެކްޓް އެވާޑްކުރުމުގެ ކުރިން) ކޮންމެ ވަގުތެއްގައިވެސް، މުޅި ބީލަން މަރުޙަލާ އުވާލައި ހުރިހާ ބީލަންތަކެއް ބާޠިލުކުރުމުގެ އިޚްތިޔާރާއި ބާރު އަދި ހައްޤުލިބިދީފައިވަނީ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލަށެވެ. އަދި މިފަދަ ޙާލަތެއްގައި ބީލަން ހުށަހަޅާ ފަރާތަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.

09 ނޮވެންބަރު 2023
ހޯދާ