މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ(ކޮންޓްރެކްޓް)

މުސާރަ: 3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓަންޓް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / ހއ. މާރަންދޫ

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ޔޫތު ސެންޓަރުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.

ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވާ ހިންގާ އަދި އެމަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ހއ.އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ