ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (މިސްކިތު މަސައްކަތު)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު (މިސްކިތު މަސައްކަތު)   

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަސައްކަތް ކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މިސްކިތު (ފަރެސްއަވަށަށް ބޭނުންވަނީ)

މަސައްކަތް ކުރަންޖެހޭ އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް

މުސާރަ:

މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

މަޤާމްގެ މަސްއޫލިއްޔަތު:

1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި މަސައްކަތް ކުރުން.

2. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތާއި ވަޅުދޮށް ސާފުކުރުން.

3. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާ އިންގެވެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކައިލުމުގެ މަސައްކަތް ކުރުން (މީގެ ތެރޭގައި، މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތަކެއް ނުހިމެނެއެވެ.)

4. މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.

5. އިދާރާއިން އަންގާ ގޮތެއްގެ މަތިން، ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް، އިދާރާއިން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިންވުން.

6. މިސްކިތަށް ލިބެމުންދާ ގެއްލުންތައް، މުދިމު/އިމާމުއަށާއި އިދާރާއަށް ޤަވާޢިދުން އަންގަމުން ގެންދިއުން.

7. އިދާރާއިންނާއި  އިމާމް/މުދިމު ހަމަޖައްސަވާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން.

8. މީގެ އިތުރުންވެސް، މިސްކިތުގެ ކަންކަމާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

9. ކައުންސިލްގެ އިދާރާގެ ހުރިހައި މުވައްޒަފުން ނުކުމެގެން ކުރާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުން.

އެހެނިހެން ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރު ލިބިފައިވާ މިންވަރާއި، ޤާބިލްކަމާއި، ފެންވަރާއި ސިފަތައް ވަޒަންކުރުމަށްޓަކައި އިންޓަވިއުކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް އަންނަންވީ ތާރީޚާއި ގަޑި، މަސައްކަތު 10 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

2. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ 

5. އެހެންތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް. އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަނޑި:

މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6840004 ފޯނާއެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ