މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތު މީހުން ހޯދުމާއި ގުޅޭ

ބިދޭސީ މަސައްކަތު މީހުން ހޯދުމާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2023/86(19 އޮކްޓޯބަރ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މިއިދާރާއަށް ބިދޭސީ މަސައްކަތު މީހުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ރަޖިސްޓްރީކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

¬    ރަޖިސްޓްރީކުރުން: 08 ނޮވެމްބަރ 2023 ން ފެށިގެން 20 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

¬    ކޯޓޭޝަން ހުށަހެޅުން: 29 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ކޯޓޭޝަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީއުރައިގެ ބޭރުގައި "ރ.މާކުރަތު ކައުންސިލަށް ބިދޭސީ މަސައްކަތު މީހުން ގެނައުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް، ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއިއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       24 ރަބީޢުލްއާޙިރު 1445                          

       08 ނޮވެމްބަރ 2023  

08 ނޮވެންބަރު 2023
ހޯދާ