ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުން

މި އިޢުލާންވަނީ 24 ޑިސެންބަރު 2023 11:44 ގައި ބާތިލް ކުރެވިފައެވެ.


ތިލަދުންމަތީ ދެކުނުބުރީ ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް 02 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލްސާއިން ނިންމާފައިވާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 08 ނޮވެމްބަރ 2023 އިން 30 ނޮވެމްބަރ 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވުމުގެ ފޯމު "އިންވިޓޭޝަން ފޯ ބިޑް އެޕްލިކޭޝަން ފޯމު" ންނެވެ. މި ފޯމު އިދާރާގެ ކައުންޓަރުން ނުވަތަ ގެޒެޓުންލިބެން ހުންނާނެއެވެ.

 

ރަޖިސްޓަރ ކުރެއްވުމަށް  ފޯމު ހުށަހަޅާއިރު މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5- ވެރިފަރާތުގެ އައިޑި ކާޑު ކޮޕީ 

6-    މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.

މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން،  މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އޮންލައިން މީޓިން އެއް މެދުވެރިކޮށް، 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ،  07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި، މި އިދާރާއިން ހަމަޖައްސާ ތަނެއްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި ޕްރޮޖެކްޓަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

 ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމަންޓްގައި ހިމަނާފައިވާނެއެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ނޮވެންބަރު 2023
ހޯދާ