ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން  ( 22 މެއި 2024 ގެ ނިޔަލަށް)

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ސިޓީ  

މަޤާމުގެ އަސާސީ މުސާރަ:

-/10,064

މަޤާމު އެލަވަންސް:

-/4696 ރުފިޔާ

ހާޒިރީ އިނާޔަތް:

-/127 ރުފިޔާ (ޕޭ ފުރޭމް ވޯކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް)

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭން އާއި އަދި އެހެނިހެން ޤައުމީ ޕޮލިސީ / ސްޓްރެޓެޖިކް ޕްލޭން ތަކަށް ރިއާޔަތްކޮށް އެއާއި އެއްގޮތްވާގޮތުގެ މަތިން ކޮންމެއަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެޕްލޭނާއި އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާއި ގުޅިގެން ރަށުފެންވަރުގައި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  2. ޢާއްމުސިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތް ކުރާ ޓީމްތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރަށުގައި ރޯގާއެއް ފެތުރިއްޖެމަނަ އެރޯގާ ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އަޅަށްޖެހޭ ފިޔަވަޅުތައް އެޅުމާއި ، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގާ އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.
  4. ރަށުފެންވަރުގައި ސިއްހީގޮތުން ކުރެވޭ މަސައްކަތްތައް މަހަކު 1 ފަހަރު ރަށު ކައުންސިލާއި ހިއްސާކޮށް ކޮންމެ 3 މަހުން އެއް މަހު ބައްދަލުކޮށް މަޝްވަރާކޮށް ކައުންސިލާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ޕަބްލިކް ހެލްތް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒު ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދިނުން
  6. ދުވަހުން ދުވަހަށް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރަށުފެންވަރުގައި ދިރާސާ ކުރުމަށްފަހު ޤަވާއިދުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ފޮނުވުން އަދި ޕަބްލިކް ހެލްތްގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން
  7. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ދޭންޖެހޭ ޚިދުމަތް ޤަވާޢިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ރާވާ، ހަމަޖެއްސުން.
  8. ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ސޫފާ ސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން
  9. އުފަންވެނި ސިއްޙަތުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތްދިނުމުގައި ލުއިފަސޭހަ ކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވާ ހިންގުން
  10. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާއި ގުޅުންހުރި ސިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވާ ހިންގުން
  11. އެރަށެއްގެ އަދި އެ އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާ އާއި ގުޅިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ރާވާ ހިންގުން
  12. ޢާއްމު ސިއްޙަތާއި ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އެހެނިހެން ތަންފީޒީ އިދާރާތަކާއި ގުޅިގެން ކުރުން
  13. އެކިއެކި ޕަބްލިކް ހެލްތް ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާޢިދުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުން
  14. ޢާއްމު ސިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވާ ހިންގުން އަދި ހޯމް ވިޒިޓްތަކުގެ ތަފްސީލް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޤަވާޢިދުން ރިޕޯރޓް ކުރުން
  15. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށް އެކްސްޕޯރޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން
  16. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި ސްކޫލްއާއި އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވާ ހިންގުން.
  17. ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރގެ ސޯޝިއަލް ލިއޭޜަން އޮފިސަރ ނެތް ހާލަތެއްގައި، ސެންޓަރ އިން ހިންގާ ކޮމިއުނިޓީ އެސެސްމެންޓް ތަކުގެ މަސައްކަތް ކުރުން.
  1. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • ޕަބްލިކް ހެލްތް ސާވިސަސް
  • ކޮމިއުނިޓީ ހެލްތް ސަރވިސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތުކެއަރ
  •  ޕަބްލިކް ހެލްތު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 16 ނޮވެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޢިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި  އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ނޮވެންބަރު 2023  އާއި 22 ނޮވެންބަރު 2023  އާއި ދެމެދު މި ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ޚާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

08 ނޮވެންބަރު 2023
ހޯދާ