މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކުންފުނީގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރއެއް އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00އަށް ޕޯސްޓް ބިލްޑިންގގެ 5ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ 13:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/31ފ(26 ފެބުރުވަރީ 2015)ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ