ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ފަންގިފިލާއަށް ބައެއް ބަދަލުތައް ގެންނަން

ރާއްޖޭގެ އުތުރުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހދ.ކުޅުދުއްފުށީ ޤައުމީ އިދާރާގެ ފުރަތަމަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެންނަންވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން މިކޯޓަށް ނުވަތަ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކޯޓަށް ނުވަތަ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

12 މާރިޗު 2015
ހޯދާ