މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1 (އެކެއް)              

ރޭންކް: އީ. އެކްސް. 5

ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް  

މުސާރަ: -/13890 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށާއި ރަނގަޅުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވައި، ތައްޔާރުކޮށް، ހިންގުން.
  2. ޑިވިޜަނުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމާއި، ޑިވިޜަނުގެ އެހެން މުވައްޒަފުންގެ މަސައްކަތް ބަލަހައްޓައި، އެ މުވައްޒަފުންނަށް ބޭނުންވާ އިރުޝާދުދީ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ތަޢުލީމީ ދާއިރާގެ މަސައްކަތްތަކުގައި، އުޞޫލުތަކާ ބެހޭގޮތުން ކަމާގުޅޭ އެހެން ދާއިރާތަކުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ތަޢުލީމީ ސިޔާސަތުތައް އެކުލަވައިލުމުގައި މަސައްކަތްތައް ރާވައި ހިންގުން.
  4. މާސްޓަރ ޕްލޭނާއި ސްޓްރެޓީޖިކް ޕްލޭންފަދަ ކަނޑައެޅޭ ތަޢުލީމީ ދާއިރާގެ ޕްލޭންތައް ލިޔެ، ތައްޔާރުކުރުން.
  5. މާސްޓަރ ޕްލޭނާއި ސްޓްރެޓީޖިކް ޕްލޭންފަދަ ކަނޑައެޅޭ ތަޢުލީމީ ދާއިރާގެ ޕްލޭންތައް ލިޔުއްވައި، ތައްޔާރުކޮށްފައިވާގޮތަށް ކުރިޔަށްދޭތޯ ބަލައި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. ޑިވިޜަނުގެ ފަރާތުން ކުރެވޭ މަސައްކަތްތަކުގައި، ތަޢުލީމީ ދާއިރާގެ ދިގު މުއްދަތުގެ މަޝްރޫޢުތަކާއި، މެދު މުއްދަތުގެ މަޝްރޫޢުތައް އެކުލަވައިލުމުގެ މަސައްކަތް، ޑިވިޜަންގެ އޯވަރސީކުރައްވާ އިސްވެރިޔާގެ ލަފާގެމަތިން، އިސްނަގައިގެން ކުރިއަށް ގެންދިއުން.
  7. ތަޢުލީމީ ދާއިރާގައި ހިންގަން ރާވާ ޕްރޮޖެކްޓްތައް ލިޔުއްވައި ތައްޔާރުކުރުވުން.
  8. ޕްރޮޖެކްޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  9. ޕްރޮޖެކްޓްތައް ހިންގަން ރޭވިފައިވާ ފަރާތްތަކަށް ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށް، ހިންގުން.
  10. ތަޢުލީމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި އެކިއެކި އެހީދޭ ޖަމާޢަތްތަކުގެ އެހީ ހޯދުމަށް ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ލިޔެ، ތައްޔާރުކުރުވައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި ހިންގުން.
  11. ޑިވިޜަނުގެ އަހަރީ ރިޕޯޓަށް ބޭނުންވާ ޑިވިޜަނުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ތައްޔާރުކުރުވުން.

މަޤާމުގެ ޝަރުޠު:                                              

  1. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  5. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  6. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  7. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށހެޅުން އޮންނާނީ، 2015 މާރިޗު 25 އާއި 31 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއު ކުރުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341418 ނަންބަރު ފޯނަށް ނުވަތަ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ