މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

މަގާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް

EX 5

ބޭނުންވާ އަދަދު

1 (އެކެއް)            

މުސާރަ

މަހަކު -/13890 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ގަވާއިދުތައް ހެދުމާއި، އެ ގަވާއިދުތައް ތަންފީޒުކުރުން.

- އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ކަނޑައެޅުން.

- އެޖެންސީ ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި ޕްރޮޖެކްޓްތައް ތަންފީޒުކުރެވެމުންދާގޮތް ބެލުން.

- އެޖެންސީގެ މަސައްކަތްތަކަށް ކަނޑައެޅޭ ބަޖެޓް ބޭނުންކުރެވެމުންދާގޮތް ބެލުން.

- އާންމު ޞިއްޙަތުގެ ދާއިރާއިން ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުން. 

- މިނިސްޓްރީގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ޕަބްލިކް  ހެލްތުގެ  ދާއިރާގެ  މަޤާމެއްގައި  އީއެކްސް 1 ން  ފެށިގެން  މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  ޕަބްލިކް  ހެލްތުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ޕަބްލިކް  ހެލްތުގެ  ދާއިރާގެ  މަޤާމެއްގައި  އީއެކްސް 3 ން  ފެށިގެން މަތީގެ ރޭންކެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމް

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ހެލްތު ޕްރޮގްރާމް

މަޤާމުގެ ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް

EX 3

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ޑިވިޜަން / ސެކްޝަން

ޕޮޕިއުލޭޝަން އެންޑް ރިޕްރޮޑަކްޓިވް ހެލްތު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޢާންމުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ކޮންޓްރޯލްކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް މިނިސްޓްރީން ކަނޑައަޅާ ސިޔާސަތާ އެއްގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ލަފަޔާއި އިރުޝާދުގެދަށުން ރާވައި ހިންގުމާއި، މޮނިޓަރކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް  ހެލްތުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމް

ޑިރެކްޓަރ، ޕަބްލިކް ހެލްތު ޕްރޮގްރާމް

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

މަޤާމުގެ ރޭންކް

EX 1

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ޑިޜަން / ސެކްޝަން

ޕަބްލިކް ހެލްތު އިންސްޕެކްޓަރޭޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ޕަބްލިކް ހެލްތު އިންސްޕެކްޓަރޭޓްގެ މަސައްކަތްތައް އެޖެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާ ވެރިޔާގެ ލަފާގެމަތިން ހިންގުން.

- އިންސްޕެކްޓަރޭޓްގެ އެކްޝަންޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސުޕަވައިޒްކުރުން.

- ދާއިރާއިން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް  ބެލެހެއްޓުމާއި، އާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާ އިންސްޕެކްޝަންތައް ރާވައި ހިންގުން. 

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް  ހެލްތު  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޕަބްލިކް   ހެލްތުގެ   ދާއިރާއިން   ދިވެހިރާޢްޖޭގެ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދަކާއި  ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކްހެލްތުގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި،ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.health.gov.mv ން  ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤަމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޭޕްރިލް މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު  ފޯނަށެވެ.

 19 ޖުމާދަލްއޫލާ 1436
10 މާރިޗު 2015
ހޯދާ