އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު (ވޭޖު)

އިޢުލާނު

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-249495

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ - ވޭޖް އުސޫލުން (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 6 މަހަށް)

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުލިގަމު ސްކޫލް، ހއ. އުލިގަން

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

ސަޕޯޓިންގ ކޯ އެލަވަންސް

1200.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

1085.00 ރުފިޔާ (މުވައްޒަފަށް ލިބޭ މުސާރައިގެ %35)

މިނިމަމް ވޭޖް އެލަވަންސް

832.00 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ގޯތިތެރެއާއި މަގުމަތި އަދި އެންމެހާ ޢިމާރާތްތަކާއި، ތަންތަނާއި ތަކެތި ހިރަފުސްވެ ނުވަތަ ހަޑިވިޔަނުދީ ފޮޅާ، ކުނިހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން. މިގޮތުން ސްކޫލް އޮފީހާއި، ސްޓާފް ރޫމާއި، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ ފަދަ ކޮންމެ ދުވަހަކު ކުނިހަކާ ފޮޅާ ސާފުކުރަންވާނެއެވެ. އަދި ދުވަހުން ދުވަހަށް މިތަންތަން ތަރުތީބުކޮށް ހަދަންވާނެއެވެ. ވިއްސާރަނޫން ހިރަފުސް މޫސުމެއްނަމަ މަދުވެގެން ދެދުވަހުން އެއްދުވަހު ސްކޫލްގެ ގޯތިތެރެއަށާއި، ސްކޫލްގެ ދޮރުމަތީ މަގަށް ރަނގަޅަށް ފެންޖަހާ ހިރަފުސްވިޔަނުދީ ބެލެހެއްޓުން.
  2. ޚާއްޞަ ސަމާލުކަމެއް ދީގެން ކޮންމެ ދުވަހަކުވެސް ސްކޫލުގެ ފާހާނާ، ކްލާސް ރޫމްތައް ބަލާ ހަޑިވިޔަ ނުދީ ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  3. ފާހާނާ، ބޯފެން އަދި ދޮންނަ ފެން ފޯރުކޮށް ދިނުމަށް ސްކޫލްގައި ގާއިމްކޮށްފައިވާ ނިޒާމަށް ބުރުލެއްނާރާ މި ޚިދުމަތްތައް ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ލިބޭނެހެން، މިތަންތަނުގެ ބޭނުން ފުރިހަމައަށް ކުރެވޭނެ ގޮތަށް ހުރިކަން ދުވަހުން ދުވަހަށް ޔަޤީންކޮށް ޚިދްމަތް ދެމެހެއްޓުން. މިގޮތުން މިއިން ނިޒާމަކަށް ހުރަސްއެޅޭ އަދި ޙައްލުކުރުން ދަތި ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެކަން ސްކޫލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްގެން ޙައްލުކުރަން މަސައްކަތްކުރުން.
  4. ސްކޫލުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި އެފަރާތްތަކަށް ރައްދުކުރުމާއި، ސްކޫލަށް އެކި ތަންތަނުން ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުން. އަދި ސްކޫލުން ތަންތަނުގައި ބަހައްޓަންޖެހޭ އެންގުންތައް ތަންތަނުގައި ބެހެއްޓުމާއެކު، މުއްދަތު ހަމަވުމުން އެތަކެތި ނެގުމާއި، އަނގަބަހުންނާއި، ލިޔެގެން ސްކޫލަށް ގަޑިކިޔަންޖެހޭ ފަރާތްތަކަށް ގަޑިކިޔުން.
  5. އެކަނި ފާހާނާއަށް ގޮސް ހެދުމަށް ދަތިވާފަދަ ކުޑަކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލް ގަޑީގައި ފާހާނާއަށް ގެންގޮސް ހެދުމުގައި އެހީތެރިކަން ދިނުން.
  6. ސްކޫލުގެ ފުރާޅާއި، ދިޔަދޮތްވާއި، ބޯފެން ތާނގީތަކާއި، ފެންވަޅަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހަޑިވިޔަނުދީ ގަވާއިދުން ސާފުކޮށް ބެލެހެއްޓުން.
  7. ދިމާވާ ޞިއްޙީ ނުވަތަ މިނޫންވެސް މިފަދަ ކުއްލި ކަމެއްގެ ސަބަބުން ދަރިވަރަކަށް ސްކޫލްގެ ތަނަކަށް ހޮޑުލެވި ނުވަތަ މިފަދަ އެހެން ކަމެއް ދިމާވުމުގެ ސަބަބުންނަމަވެސް ހަޑިވާ ހަޑިވުން ސާފުކުރުން.
  8. ސްކޫލުގެ ގޯތިރޭގައި ބަގީޗާ ހައްދާ ބެލެހެއްޓުމާ އެހެނިހެން ގަސްގަސް އިންދާ ހައްދާ ބެލެހެއްޓުން. މިގޮތުން އެކަށީގެންވާވަރަށް ވިއްސާރަނޫން މޫސުމެއްނަމަ ގޯތީގައި ހައްދާފައިވާ ބަގީޗާގަހާއި އެފަދަ އެހެން ގަސްގަހަށް މަދުވެގެން ދެދުވަހުން އެއްދުވަހު އެކަށީގެންވާވަރަށް ފެންދިނުމާއި، ސްކޫލަށް ޒީނަތްތެރިކަން ލިބޭނެހެން ބަގީޗާ އިތުރަށް އައުކޮށް، ގަސްތަކަށް ދޭންޖެހޭ އަޅާލުމާއި ބެލުންތެރިކަން ގަވާއިދުން ދީގެން ބެލެހެއްޓުން.
  9. ސްކޫލުން ބާއްވާ ޖަލްސާ، ބައްދަލުވުން ތަކުގެ އިތުރުން ސްކޫލުން ހިންގާ އެހެނިހެން ޙަރަކާތްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި އެފަދަ ކަންތައްތައް ނިމުމުން ކުރަންޖެހޭ ކަންތައްތަކުގައި އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
  10. ސްކޫލުން މެހްމާންދާރީ އަދާކުރަންޖެހޭ ފަރާތްތަކަށް މެހްމާދާރީ އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަންގާ ގޮތެއްގެމަތިން ކުރުން.
  11. ސްކޫލްގައި އިތުރު ބޮޑު ޚަރަދެއް ނުކޮށް ކުރެވެން ހުންނަ އާދައިގެ ކުދިމަރާމާތު ތަކާއި، މިފަދަ އެހެނިހެން މަސައްކަތްތައް އަންގާ ގޮތެއްގެ މަތިން ކުރުން.
  12. ސްކޫލްގެ މުވައްޒަފުން ބުއިމަށް ބޭނުންކުރާނެ ފެން، ކޮންމެ ދުވަހަކުވެސް އައިސް އަލަމާރިއަށް ލައި ހުސްވިޔަނުދީ ބެލެހެއްޓުން. މިގޮތުން ފެންއަޅާ ތަކެއްޗާއި، ފެން ބޯން ބޭނުންކުރާ ތަކެއްޗާއި އައިސް އަލަމާރި ސާފުތާހިރުކަމާއެކު ބެލެހެއްޓުން.
  13. ސްކޫލްގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން. މިގޮތުން ރުކަކުން ކާށްޓެއް ނުވަތަ ފަނެއް ފަދަ އެއްޗެއް ވެއްޓި އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެހެން ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެހެނިހެން ގަހަކުންވިޔަސް މިފަދަ ކަމެއް ނުހިނގާނެހެން ބެލެހެއްޓުން.
  14. ސްކޫލުގެ ޕްލޭންތަކާއި ލަނޑުދަނޑިތަކާއި މަޤްޞަދުތައް ޙާޞިލްކުރުމާއި ތަންފީޒުކުރުމުގައި މުވައްޒަފުގެ މަޤާމުގެ ދާއިރާއިން ނުވަތަ މުވައްޒަފުގެ އިޚްތިޔާރާއެކު ވަކި ޒިއްމާއެއް ޙަވާލުކުރެވިއްޖެނަމަ، ސްކޫލްގެ ޕްލޭނާއި އެއްގޮތަށް ނުވަތަ އަންގާ ގޮތެއްގެ މަތިން އެކަމެއް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  15. މުވައްޒަފުންގެ ބައްދަލުވުންތަކާއި، ސްކޫލްން ބާއްވާ ޖަލްސާތަކާއި، އެހެނިހެންވެސް ބައްދަލުވުންތަކުގެ ތެރެއިން މުވައްޒަފު ހާޒިރުވުމަށް އެންގޭ ބައްދަލުވުންތަކަށް ހާޒިރުވުން. އަދި މިފަދަ ކަމަކަށް ތައްޔާރުވުމަށާއި، މިފަދަ ކަމެއް ކުރިއަށް ގެންދިއުމަށްޓަކައި އެ މުވައްޒަފެއްގެ ފަރާތުން ދިނުމަށް އެދޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  16. މި ވަޒީފާ ބަޔާނުގައި ކަނޑައެޅިގެން ބަޔާންކުރެވިފައި ނެތްކަމެއް ދިމާވާ ޙާލަތުގައި އެކަމަކީ އެކަމެއްގެ ޒާތުގައި ތަނުގައި ތިބި ތަފާތު މުވައްޒަފުންގެ ތެރެއިން އެކަމެއް ކުރުން އެންމެ އެކަށީގެންވާ ފަރާތަކީ މި ވަޒީފާ ބަޔާނުގައި ހިމެނޭ މަޤާމުގެ މުވައްޒަފެއް ކަމަށް ޤަބޫލުކުރެވޭ ހިނދު، އަދި އެއީ މި މަޤާމުގެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނިދާނެފަދަ ކަމެއްކަމަށް ބެލެވޭ ހިނދު އަންގާ ގޮތެއްގެ މަތިން އެފަދަ ކަންތައްތައް ކުރުން.
  17. ތިމާގެ އަމިއްލަ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް / ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައްފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބޭ ހިނދު، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ސްކޫލް ފެންވަރުގައި ހިންގޭ މިފަދަ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ތިމާއާއި އެހެން މުވައްޒަފުންގެ ކުރިއެރުމަށް ފަންނީ ގޮތުން އެހީތެރިކަންދިނުމާއިއެކު ޢަމަލީ ގޮތުން މަސައްކަތް ކުރުން.
  18. ދިމާވާ ކުއްލި ޙާލަތެއް ނުވަތަ ކަމަކާއި ގުޅިގެން، އެކަމެއް ނުކުރެވިއްޖެނަމަ ސްކޫލްގެ ދަރިވަރަކަށް ނޫނީ މުވައްޒަފަކަށް ނުވަތަ ސްކޫލްގެ ތަނަކަށް، މުދަލަކަށް އަދި އެއްޗަކަށްވިޔަސް އެކަށީގެންނުވާ މާއްދީ ނުވަތަ މަޢުނަވީ ގެއްލުމެއްވިޔަސް ލިބިދާނެ ފަދަ ޙާލަތެއްގައި އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ: ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،  ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

މަޤާމުގެ ތައުލީމީ ރޮނގުތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިންގ: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންގ: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާތައް

 

މާރކްސް ދޭ ބައިތައް

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށް ވުރެ އިތުރުވާ ތަޢުލީމު

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިންޓަރވިއު

40

 

- މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

ނޯޓް: މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ނޮވެމްބަރު 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އުލިގަމު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ނޮވެމަބަރު 26 އާ 30 އާ ދެމެދު، އުލިގަމު ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500548 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 ނޮވެންބަރު 2023
ހޯދާ